Last Updated: July 24, 09:16
Thursday, July 24, 2025
ޚަބަރު

މާދަމާ ރައީސް ގައުމާ މުހާތަބު ކުރައްވަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ---

މާދަމާ ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ގައުމާ މުހާތަބު ކުރެއްވުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާނީ ގައުމީ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި ކަމަށެވެ.

ޖުމްހޫރީ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވާއިރު، އަންނަ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނުބާއްވަން ނިންމާފައިވާއިރު، ކޮވިޑާއި ގުޅިގެން މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަވަމުން ގެންދާ ހަފްލާތަކާއި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ވެސް މިއަހަރު ބާއްވާފައެއް ނުވެއެވެ.