Last Updated: July 25, 20:39
Friday, July 25, 2025
ޚަބަރު

ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 21 މީހުން

ކޮވިޑް ފެސިލިޓީއެއް --

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 21 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 14 ދިވެހިންނާއި 7 ބިދޭސީން ހިމެނޭ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،030 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 800 ކޭސް އެވެ. މި ބަލިން 11،182 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 47 މީހަކަށެވެ. މި ބަލީގައި 41 މީހަކު ވަނީ ނިޔާވެފައެވެ.