Last Updated: July 25, 20:39
Friday, July 25, 2025
ޚަބަރު

އައްޑޫއަށް އެތެރެކުރާ ވެހިކަލްތަކަށް ޓްރާންސްޕޯޓުން ހުއްދަ ނެގުމުގައި ލުއިތަކެއް

އިދިކޮޅު ފަރާތްތަކުން އައްޑޫގައި ބޭއްވި ވެހިކަލް ބުރު، ފުލުހުން ވަނީ މި ވެހިކަލް ބުރު ހިތަދޫ ބޮޑުމަގުން ހުއްޓުވާފައި، ފޮޓޯ: އިބްރާހިމް އަބްދުﷲ

އައްޑޫ ސިޓީ އަށް އެތެރެކުރެވޭ ވެހިކަލް ތަކަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ނަގަންޖެހޭ ހުއްދައަށް އެދި މިހާރު މާލެއަށް ލިއުންތަށް ފޮނުވައި ކުރަންޖެހޭ މަސައްކަތަށް ލުޔެއް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫ މޭޔަރު ކަމަށް ވާދަކުރައްވަން ޓިކެޓް ކަށަވަރުކުރައްވާފައިވާ އަލީ ނިޒާރު ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާތައް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އަދި ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހެއިރާއެކު ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއަންނަަށް ހަފުތާގައި އެކަމަށް ގޮތެއް ނިންމަވައި ދެއްވާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވި ކަމަށް ނިޒާރު ހާމަކުރެއްވިއެވެ.

އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ލާމަރުކަޒުކޮށްގެން ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށާއި ދެންވެސް ހުރި މިފަދަ މައްސަލަތައް ހުށައެޅުމުން ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ނަހުލާ ދެއްވާފައިވާ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.