Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

ބަހްރެއިންގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

ބަހްރެއިންގެ ބޮޑުވަޒީރު ޝައިހް ހަލީފާ ބިން ސަލްމާން އަލް ހަލީފާ މިއަދު އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 84 އަހަރުގެ ޝައިހް ހަލީފާ ބިން ސަލްމާން އަވަހާރަވީ އެމެރިކާގެ މަޔޯ ކްލިނިކް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ބަހްރެއިންގެ ބޮޑުވަޒީރު އަވަހާރަވުމުން އެގައުމުގެ ރަސްގެފާނު ވަނީ ހަފްތާއަކަށް އެގައުމުގެ ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރުމަށް އަންގަވާފައެވެ. އަދި މާދަމާ އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ތިން ދުވަހަށް ބަންދުކުރުމަށް ވެސް ރަސްގެފާނު ވަނީ އަމުރު ކުރައްވާފައެވެ.

ބަހްރެއިންގެ ބޮޑުވަޒީރުކަމާ ޝައިހް ހަލީފާ ބިން ސަލްމާން ހަވާލުވެވަޑައިގެންނެވީ 1970 ވަނަ އަހަރުއެވެ. އޭނާ އަކީ ބޮޑުވަޒީރު ކަމުގެ މަގާމު އެންމެ ދިގު މުއްދަތަކަށް ފުރުއްވަމުން ގެންދެވި ދުނިޔޭގެ ހަމައެކަނި ލީޑަރެވެ.