Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

ލަންކާ އިން އެއް ދުވަސްތެރޭ 600 މީހުން ޕޮޒިޓިވްވެއްޖެ

ސްރީލަންކާ އިން މިދިޔަ 24 ގަޑިއިރުތެރޭގައި 635 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެގޮތުން މި ކޭސްތައް ފެނިފައިވަނީ ލަންކާގެ 13 ޑިސްޓްރިކްޓަކުންނެވެ. އޭގެ ކުރީ ދުވަހު ލަންކާ އިން ފެނިފައިވަނީ 430 ކޭސް އެވެ.

މި އަދަދުތަކާއެކު ލަންކާ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 15،350 އަށް އަރާފައެވެ. އޭގެތެރެއިން 10،183 މީހުން ރަނގަޅުވެފައިވާއިރު 523 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލީގައި ލަންކާ އިން ވަނީ 46 މީހަކު މަރުވެފައެވެ.

ކޮވިޑްގެ ކޭސްތައް ލަންކާ އިން ގިނަ އަދަދަކަށް އަނެއްކާވެސް ފެންނަން ފަށާފައިވާތީ، އެގައުމުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން އެގައުމުގެ ބައެއް ސަރަހައްދުތައް މިހާރު ވަނީ އަނެއްކާވެސް ލޮކްޑައުންކޮށްފައެވެ.