ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.
މިއަދު މެންދުރު 2:24 ގައި ނިޔާވެފައި ވަނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 42 ވަނަ މީހާއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމަށްފަހު މިހާރު ވަނީ ދަށްވެފައެވެ. އެގޮތުން މީގެކުރިން ކޮންމެ ދުވަހަކު 100 އަށް ވުރެ މަތިން މީހުން ޕޮޒިޓިވްވި ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެ އަދަދު ވަނީ 20 އަށް ތިރިވެފައެވެ.
ރާއްޖެއިން މިހާތަނަށް 12،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.