Last Updated: July 26, 12:00
Saturday, July 26, 2025
ޚަބަރު

ކޮވިޑްްގައި އިތުރު މަރެއް، އަދަދު 43 އަށް

:ހުޅުމާލެ މެޑިކަލް ފެސިލިޓީ - ފޮޓޯ ހެލްތު މިނިސްޓްރީ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މިއަދު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

މިއީ ރާއްޖެއިން ކޮވިޑްގައި ނިޔާވި 43 ވަނަ މީހާއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމަށްފަހު މިހާރު ވަނީ ދަށްވެފައެވެ. އެގޮތުން މީގެކުރިން ކޮންމެ ދުވަހަކު 100 އަށް ވުރެ މަތިން މީހުން ޕޮޒިޓިވްވި ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެ އަދަދު ވަނީ 20 އަށް ތިރިވެފައެވެ.

ރާއްޖެއިން މިހާތަނަށް 12،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.