Last Updated: July 26, 22:43
Saturday, July 26, 2025
ޚަބަރު

މިއަދު 50 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ވިލިނގިލީ ކޮވިޑް ފެސިލިޓީ - ފޮޓޯ: ފޭސްބުކް

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 50 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 19 ދިވެހިންނާއި 31 ބިދޭސީން ހިމެނޭ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،205 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 865 ކޭސް އެވެ. މި ބަލިން 11،289 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 47 މީހަކަށެވެ. މި ބަލީގައި 43 މީހަކު ވަނީ ނިޔާވެފައެވެ.