Last Updated: July 26, 22:12
Saturday, July 26, 2025
ޚަބަރު

ތިނަދޫގައި 13 އަހަރުގެ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ބަލަނީ

ގދ.ތިނަދޫގައި 13 އަހަރުގެ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ 13 އަހަރުގެ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ރޭ ތިނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކޭސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި ކުއްޖާގެ ސަލާމަތް ޖެންޑާ މިނިސްޓްރީން ކަށަވަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ރޭ ޓްވިޓާގައި އާންމު ފަރާތަކުން ވެސް ވަނީ ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައެވެ.

އެގޮތުން އެ ޓްވީޓުގައި އެމީހާ ބުނީ އެ ކުއްޖާ އަށް އަނިޔާ ކުރާތީ ކުއްޖާ އެހީއަށް އެދޭ އަޑު އިވުނު ކަމަށެވެ. އަދި މިއީ އާންމުކޮށް ވެސް ހިނގާ ކަމެއްކަން އެ ކުއްޖާގެ ގެ ކައިރީގެ މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.