Last Updated: July 27, 06:25
Sunday, July 27, 2025
ޚަބަރު

ޔުނިސެފުން ރާއްޖެއަށް ޓެސްޓް ކިޓާއި ލެޕްޓޮޕް ހަދިޔާކޮށްފި

ޔުނިސެފުން ތަކެތި ހަދިޔާކުރަނީ - ފޮޓޯ: ޔުނިސެފް

ޔުނިސެފުން ރާއްޖެ އަށް ޓެސްޓް ކިޓާއި ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.

އެގޮތުން ޔުނިސެފުން އިއްޔެ ރާއްޖެ ހަދިޔާކޮށްފައިވަނީ 46 ލެޕްޓޮޕާއި 5000 ޕީސީއާރް ޓެސްޓު ކިޓެވެ.

ޔުނިސެފުން ބުނީ ހަދިޔާކުރި ލެޕްޓޮޕްތަކަކީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެެ މަސައްކަތް ހަރުދަނާ ކުރުމަށް ގޮތުން ހަދިޔާކުރި ތަކެތި ކަމަށެވެ.

މި ތަކެތީގެ ޖުމްލަ އަގު 1.7 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ޔުނިސެފުން ބުނެއެވެ. އަދި އެ ޖަމްއިއްޔާ އިން ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް މިހާތަނަށް 17 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ޔުނިސެފުން ހާމަކުރެއެވެ.

މީގެއިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެހީތައް ވެސް ރާއްޖެ އަށް ފޯރުކޮށްދޭނެ ކަމަށް ޔުނިސެފުން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 12،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި 45 މީހަކު ވަނީ ނިޔާވެފައެވެ.