Last Updated: July 27, 14:03
Sunday, July 27, 2025
ޚަބަރު

ފުލުހުންނަށް ހެދިގެންގޮސް ފޭރުނު މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުންނަށް ހެދިގެން ބަޔަކު ބަނުމަށްފަހު ފޭރުނު މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލާގައި މިމަހުގެ 16 ވަނަ ދުވަހު ޢުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހު 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމައްސަލާގައި މިހާތަނަށް ތިން މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، މިމައްސަލާގައި މީގެ ކުރިންވެސް ފުލުހުން ވަނީ ޢުމުރުން 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

އަދި ތަހުގީގުގައި މިހާތަނަށް ކުރެވުނު މަސައްކަތުން ފޭރުނު ބައެއް ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލާގައި ފުލުހުން އެންމެފަހުން ހައްޔަރުކުރި 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން 15 ދުވަސް އެމީހުންގެ ބަންދަށް ވަނީ އިތުރުކޮށްފައެވެ.

މިކަން ހިނާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭ މަޖީދީމަގު، ފަރިވާ ސްޓޭ އިންނެވެ.

އެގޮތުން އެތަނުގެ ތެރެއަށް ތިން މީހަކު ވަދެ ޕޮލިސް އިންޓެލިޖެންސުން ކަމަށް ބުނެ އެ ތަނުގެ ތިން މުވައްޒަފުން ކްލިޕް އަޅުވައި ބަނުމަށްފަހު އެތަނުން ބައެއް ތަކެތި ފޭރިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.