Last Updated: July 27, 14:03
Sunday, July 27, 2025
ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ދެ ދިވެހިން ފެނިއްޖެ

ވިންޑްސާފް ބޯޑެއްގައި ދަތުރުކުރި ދެ މީހުން - ފޮޓޯ: އެމްއެންޑީއެފް

ވިންޑްސާފް ބޯޑެއްގައި ދަތުރުކުރި ދެ ދިވެއްސެއްގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ދެ މީހުންނަކީ ވިންޑްސާފް ބޯޑެއްގައި ލ.މާމެންދޫ އިން ލ.ހިތަދޫ އަށް ދަތުރުކުރި ދެ މީހުން ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 11:30 ހާއިރު ކަމަށް އެމްއެންޑިއެފުން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑިއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަން އިން ހަރަކާތްތެރިވާން ފެށިއިރު އެ ދެ މީހުން ހެޔޮހާލުގައި ތިއްބައި ފެނި، މިހާރު ވަނީ ކޯސްޓްގާޑުގެ ލޯންޗަށް ނަގާފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.