Last Updated: July 27, 14:03
Sunday, July 27, 2025
ޚަބަރު

ސައްހަ ނޫން ސްލިޕެއް ފޮނުވި މީހަކު ހޯދަނީ

ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ސައްހަ ނޫން ސްލިޕެއް ފޮނުވި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ވަނީ އޭނާ އެ ފިހާރައިން ވިޔަފާރި ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ.

ފުލުހުން ބުނީ އެމީހާއަކީ މި މަހުގެ ތިންވަނަ ދުވަހު މާލޭގެ ފިހާރައަކުން ވިޔަފާރިކުރުމަށްފަހު، ފައިސާ ދެއްކިކަމަށް ސައްހަނޫން ބެންކް ސްލިޕެއް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

އެގޮތުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންގެ ނަމްބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.