ގދ.ތިނަދޫގައި ރަހީނުކުރި މީހަކު ސަލާމަތްކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ތިނަދޫގައި މީހަކު ރަހީނުކޮށްފައިވާ މައްސަލައެއް މިއަދު ހަވީރު 17:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރަހީނުކޮށްފައިވާ މީހާ ސަލާމަތްކޮށް، ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ހަތަރު މީހުންނަކީ 38 އަހަރާއި، 27 އަހަރާއި، 45 އަދި 52 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.