Last Updated: July 29, 09:42
Tuesday, July 29, 2025
ޚަބަރު

މިއަދުވެސް ބަންގްލަދޭޝްގެ 200 މީހުން ފުރުވާލައިފި

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 200 މީހުން މިއަދު ވެސް ފުރުވާލައިފިއެވެ.

މި މީހުން ފޮނުވާލާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި އެނބުރި ގައުމަށް ދާން ބޭނުންވާ އެ ގައުމުގެ ރައްޔިތުން ފޮނުވާލުމަށް ސަރުކާރުން ދަނީ ފްލައިޓުތައް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް 8000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 20،000 މީހުން އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ. މިހާތަނަށް 13،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ގައުމަށް ފޮނުވާލާފައެވެ.

ރާއްޖެއިން މިހާތަނަށް 12،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ދެވަނަ އަށް އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.