Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

ޓްރަމްޕްގެ ދަރިކަލުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަލުން، ޑޮނަލްޑް ޓްރަމްޕް ޖޫނިއާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އުމުރުން 42 އަހަރުގެ ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ ތަރުޖަމާނު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރަމުންދާ ކަމަށެވެ.

މިއީ ކޮވިޑަށް ޕޮޒިޓިވްވި ޓްރަމްޕްގެ ދެވަނަ ދަރިކަލުންނެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ޓްރަމްޕްގެ އެންމެ ހަނގު ދަރިކަލުން ކަމަށްވާ ބެރޮން ޓްރަމްޕް ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މީގެކުރިން ޓްރަމްޕް އާއި އޭނާގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ބައްޔަށް ޕޮޒިޓިވްވުމުން އިތުރު ފަރުވާ އަށް ދުވަސްތަކަކަށް ޓްރަމްޕް ހޮސްޕިޓަލުގައި ވެސް އެޑްމިޓްކޮށްފައިވެއެވެ.

ޑޮނަލްޑް ޓްރަމްޕް ޖޫނިއާ ކޮވިޑަށް ޕޮޒިޓިވް ވިއިރު އޭނާ ވަނީ މިދިޔަ މަހުގެ ތެރޭގައި މީޑިއާ އިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުގެ ވާހަކަ މާގިނައިން ދައްކާތީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި މި ބަލީގައި އެމެރިކާ އިން މަރުވި މީހުންގެ އަދަދަކީ މާބޮޑު އަދަދެއް ނޫން ކަމަށާއި މި ބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާ އިން މިހާތަނަށް 1.8 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 253،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އިއްޔެ އެކަނި ވެސް މި ބައްޔަށް އެމެރިކާ އިން ވަނީ 192،000 މީހުން ޕޮޒިޓިވް ވެފައެވެ.