Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 32 މީހުން

ވިލިނގިލީ ކޮވިޑް ފެސިލިޓީ - ފޮޓޯ: ފޭސްބުކް

މިއަދު ރާއްޖެއިން 32 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 17 ދިވެހިންނާއި 15 ބިދޭސީން ހިމެނޭ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،578 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 967 ކޭސް އެވެ. މި ބަލިން 11،559 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 82 މީހަކަށެވެ. މި ބަލީގައި 45 މީހަކު ވަނީ ނިޔާވެފައެވެ.