Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

30 ރިސޯޓެއްގައި ކޮވިޑް ޖެހިފައިވާ 207 މީހުން

ރާއްޖޭގެ 30 ރިސޯޓެއްގައި ކޮވިޑް-19 ޖެހިފައިވާ މީހުން މިވަގުތު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ 30 ރިސޯޓެއްގައި ކޮވިޑް ޖެހިފައިވާ 207 މީހުން އެބަތިބި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 52 ފަތުރުވެރިންނާއި 155 މުވައްޒަފުން ކަމަށެވެ. ނަމަވެސް އެއީ ކޮން ރިސޯޓުތަކެއްކަން ހާމަކޮށްފައެއް ނުވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ 14 ރަށެއްގައި ކޮވިޑްގެ 17 އެކްޓިވް ކޭސް އެބައުޅެއެވެ.

ރާއްޖެއިން މިއަދު އިތުރު 32 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 15 ބިދޭސީންނެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،578 އަށް އަރާފައެވެ.