Last Updated: April 24, 23:11
Thursday, April 25, 2024
ކުޅިވަރު

ބްރެކެޓް ޗެލެންޖްގެ ފައިނަލަށް ދަނގަޑޭ ދަތުރުކޮށްފި

އަލީ އަޝްފާގް

އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖްގެ ފައިނަލަށް ރާއްޖޭގެ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ދަތުރުކޮށްފިއެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ ފާހަގަކޮށްލެވޭ ގޯލްތަކުގެ މެދުގައި އޭއެފްސީން ނަގާ ޕޯލުގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީ ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާންގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެގޮތުން ދަގަނޑޭ ވަނީ ވޯޓުލީ މީހުންގެ 54.68 ޕަސެންޓް މީހުންގެ ވޯޓު ހޯދާފައެވެ.

ފައިނަލްގައި ދަނގަޑޭ ނިކުންނާނީ ސައުތް ޗައިނާގެ ޗާންއާ ދެކޮޅަށެވެ. ފައިނަލް ބުރުގެ ވޯޓުލުން ފަށާނީ އަންނަ ބުދަ ދުވަހުއެވެ.

ބްރެކެޓް ޗެލެންޖްގައި ހިމަނާފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓަށް ކުޅެ އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. އެގޮތުން އޭނާ މި ގޯލު ކާމިޔާބުކުރި ގިނަ ކުޅުންތެރިންތަކެއްގެ ގައިން ނައްޓާލުމަށްފަހުއެވެ.

ފައިނަލް ބުރަށް ދަތުރުކުރުމުން ދަގަނޑޭ ވަނީ ރެޔާއި ދުވާލު އޭނާ އަށް ވޯޓު ހޯއްދަވައިދެވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނެ ކަމަށް ދަގަނޑޭ ވަނީ ބުނެފައެވެ.