Last Updated: July 3, 22:50
Friday, July 4, 2025
ވިޔަފާރި

ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

ބީއެމްއެލް އިން ބުނީ ހިދުމަތްތަކަށް ބުރޫ އަރާފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަދި އެ އެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބުރޫ އަރާފައިވާ ހިދުމަތްތަކުގެ ތެރޭގައި އިންޓަނެޓް ބޭންކިން އާއި ބީއެމްއެލްގެ ޕީއޯއެސް މެޝިންތައް ހިމެނެއެވެ.