Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

ކޮވިޑް ޖެހުނު އިތުރު މީހަކު ނިޔާވެއްޖެ

ހުޅުމާލެ މެޑިކަލް ފެސިލިޓީ - ފޮޓޯ: އައިޖީއެމްއެޗް

ކޮވިޑް-19 ޖެހުނު އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މެންދުރު 2:09 ހާއިރު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި 46 ވަނަ ފަރާތެވެ.

ރާއްޖެއިން ކޮވިޑަށް އިއްޔެ 32 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 15 ބިދޭސީންނެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،578 އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި 967 ކޭސް އުޅޭއިރު، 82 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި 11،559 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.