Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ދޯންޏެއްގައި ރޯވެ ހަތަރު ދިވެއްސަކަށް އަނިޔާވެއްޖެ

އަލިފާން ރޯވި ދޯނި - ފޮޓޯ: އެމްއެންޑީއެފް

ގދ.ތިނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ، ހަތަރު ދިވެއްސަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ރޭ 12:34 ހާއިރު ތިނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެގެން ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެފައިި ކަމަށެވެ.

މި ދޯނީގައި އަލިފާނުގެ ހާދިސާ ހިނގީ ގޭސް ފުޅިން ގޭސް ލީކުވެގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި ދޯނީގެ ހަތަރު ދިވެހިންނަށް އަނިޔާވެގެން ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް އެ ފަރާތްތަކަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.