Last Updated: April 26, 06:56
Friday, April 26, 2024
ވިޔަފާރި

ފްލައިޓްތައް ކެންސަލެއް ނުވޭ، ފަތުރަނީ ދޮގު މައުލޫމާތެއް: މޯލްޑިވިއަން

ފްލައިޓްތައް ކެންސަލްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ފަތުރަމުންދަނީ ދޮގު މައުލޫމާތުތަކެއް ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން މިރޭ ބުނީ އެ އެއާލައިންގެ ފްލައިޓްތައް ކެންސަލްވި ކަމަށް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާ ޕޯސްޓަކީ ރަނގަޅު މަޢުލޫމާތެއް ނޫންކަން ކަސްޓަމަރުންގެ ސަމާލުކަމަށް ދަންނަވާ ކަމަށެވެ.

އެގޮތުން ދަތުރުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން މޯލްޑިވިއަންގެ ޓީމުން އަންގަމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.