Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ހިތަދޫގައި ކްރައިމް ޕްރިވެންޝަން ޕްރޮގްރާމެއް ހިންގަނީ

އައްޑޫ ސިޓީ ހިތަދޫގައި ކްރައިމް ޕްރިވެންޝަން ޕްރޮގްރާމެއް މާދަމާ ހިންގުމަށް ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ހިތަދޫ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުށް މަދު އަދި އަމަން އަމާން ވެއްޓެއްގެ ގޮތުގައި ބޭއްވުން ކަމަށެވެ.

އަދި ޒުވާނުންނަށް މިފަދަ ޕްރޮގްރާމްއެއް ޚާއްޞަ ކުރެވިގެންދަނީ، ހިތަދޫއަކީ އާބާދީ ބޮޑު ރަށަކަށް ވެފައި ކުށްމަދު ވެއްޓެއް ޤާއިމްކުރުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިޔަށް ގެންދެވޭނީ ރަށުގެ ޒުވާނުންގެ ޚިޔާލާއި މަޝްވަރާއާއި އެއްބާރުލުން ލިބިގެން ކަމަށްވާތީ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މިޕްރޮގްރާމް ގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޮލިސްސަރވިސްގެ ބޭފުޅުންނެވެ.

ހިތަދޫގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާއިރު މިފަހަކަށް އައިސް އައްޑޫގެ އެކި އަވަށްތަކުގައި ވައްކަން ކުރުން އިންތިހާ އަށް ވަނީ އިތުރުވެގެން ގޮސްފައެވެ.