Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ރިސެސް މުއްދަތުގައި ވެސް ހައި ކޯޓުން ޝަރީއަތްތައް ކުރިއަށް ގެންދާނެ

ދިވެހިރާއްޖޭގަެ ހައިކޯޓު --

ހައި ކޯޓުގެ ރިސެސްގެ މުއްދަތުގައި ވެސް ޝަރީއަތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ހައިކޯޓުން ބުނީ މިގޮތަށް ނިންމީ ނުނިމިހުރި މައްސަލަތައް މަދުކުރުމަށްޓަކައި ކަމަށެވެ.

މި އަހަރުގެ ރިސެސްގެ މުއްދަތުގެ ތެރޭގައި ޝަރީޢަތްތައް ކުރިއަށް ގެންދިޔުމަށް ނިންމީ ހައިކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ކަމަށްވެސް އެ ކޯޓުން ބުނެއެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަސް ފެށުމާ އެކު، ސުޕްރީމް ކޯޓާއި ހައި ކޯޓު އެއް މަހުގެ ރިސެސްއަކަށް ދާއިރު، ދަށު ކޯޓުތައް ވެސް ރިސެސްއަކަށް ދާނެ އެވެ.