Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ބަޖެޓް މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހެޅި ބަޖެޓް ފާސްކޮށްފިއެވެ.

ބަޖެޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 68 މެމްބަރުންގެ ވޯޓާއެކުގައެވެ. ބަޖެޓަށް ފާސްކުރުމަށް ވޯޓު ނުދެއްވަނީ އެންމެ މެމްބަރެކެވެ.

ބަޖެޓް ދިރާސާކުރި ކޮމިޓީން ގެނައި ބަދަލުތަކާއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 34.92 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. މިއާއެކު މިހާރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރެވެނީ 12.3 ބިލިއަން ރުފިޔާއިންނެވެ. ބަޖެޓް ހުށަހެޅުނުއިރު ޑެފިސިޓްވާނެކަމަށް ލަފާކޮށްފައިވަނީ 15.5 ބިލިއަން ރުފިޔާއިންނެވެ.

އަދި ބަޖެޓަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ކުރިން ލަފާކޮށްފައިވާ އަދަދު 17.8 ބިލިޔަން ރުފިޔާ އިން 21.28 ބިލިޔަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ.

މީގެއިތުރުން ޕީއެސްއައިޕީގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓުގައި މިހާރު ޖަހާފައިވާ އަދަދަށްވުރެ އިތުރު 135.2 މިލިޔަން ރުފިޔާ އިތުރު ކޮށްފައިވާއިރު، އޮފީސްތަކުގެ ޑޮމެސްޓިކް ޚަރަދުތަކުން 209 މިލިޔަން ރުފިޔާގެ ކުޑަވުމެއް ވަނީ އައިސްފައެވެ.