Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 17 މީހުން

ކޮވިޑް ފެސިލިޓީއެއް --

މިއަދު ރާއްޖެއިން 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 15 މީހަކާއި، އަތޮޅުތެރެއިން އެކަކު އަދި ރިސޯޓަކުން އެކަކު ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،001 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1019 ކޭސް އެވެ. މި ބަލިން 11،939 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 95 މީހަކަށެވެ. މި ބަލީގައި 46 މީހަކު ވަނީ ނިޔާވެފައެވެ.ޟި