Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ފޮނަދޫ މަގު ހެދުމުގެ 69 ޕަސެންޓު މަސައްކަތް ނިމިއްޖެ

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ 69 ޕަސެންޓު މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ދުއްވާ ސަރަޙައްދު ޤާއިމުކުރުމަށް ބޭނުންވާ މެޝިނަރީ މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަސައްކަތުގެ ދަށުން ރަށުގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށާއި އަދި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 25.5 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ޖޫން 26 ގައެވެ.