Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

މާފުއްޓަށް 1100 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ގެސްޓްހައުސްގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކ.މާފުއްޓަށް އިއްޔެގެ ނިޔަލަށް 1100 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން ގެސްޓްހައުސްތައް ހުޅުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

މާފުށި ހެލްތު ސެންޓަރުން ބުނީ އޮކްޓޫބަރު 15 އިން އިއްޔެގެ ނިޔަލަށް މާފުއްޓަށް 113 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިހާތަނަށް 11 ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، އެކްޓިވް ކޭސްގެ ގޮތުގައި އެ ރަށުގައި ހަ ކޭސް އުޅޭ ކަމަށް މާފުށި ހެލްތު ސެންޓަރުން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާތަނަށް 130 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

މާފުއްޓަކީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި އެންމެ ފުޅާކޮށް ކުރާ އެއް ރަށް ކަމަށްވާއިރު، ރާއްޖޭގެ އެންމެ ބޮޑު ގެސްޓްހައުސް ވެސް މިހާރު ހުރީ މާފުށީގައެވެ.