Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ދެ އަންހެނަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ މަގުމަތިން ދިޔަ ދިވެހި ދެ އަަންހެނެކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުގެރޭ 10:08 ހާއިރު ކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން އުމުރުން 54 އަހަރުގެ އިންޑިއާ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.