ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީ ކައްދޫ އަދި ގަމަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު އެ އަތޮޅަށް ވަޑައިގަންނަވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި މިއަދު ކައްދުއަށް ވަޑައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސެންޓްރަލް އޭރިއާގެ މަރުކަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ތަމްރީނުތަކެއްގެ ޑެމޯ ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ލ. ގަމަށް ވަޑައިގަންނަވާ، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.
މީގެ އިތުރުން ލ. ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުން އިފްޠިތާހުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ގަމުގައި ތަރައްޤީކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު އިފްޠިތާޙުކޮށްދެއްވުމާއި، އެ ރަށުގެ ހޮސްޕިޓަލުގައި އަލަށް ތަޢާރުފުކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭންގެ ޚިދުމަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.