Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ސިވިލް ކޯޓުގެ ގާޒީގެ އިތުރު މައްސަލައެއް ބަލަނީ

ޖޭއެސްސީގެ ބައެއް މެމްބަރުން

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އިތުރު މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި، އެ މައްސަލަ ތަހުގީގު ކުރަން ކޮމިޓީން އެކުލަވާލައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލީ އަބްދުﷲ އާއި ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުންދަނީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމަވައި އެކަށީގެންނުވާ މިންވަރަށް އޭނާ މައްސަލަ ލަސްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

އަލީ އަބްދުﷲގެ އިތުރުން ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި، ގއ.ޖުޑީޝަލް ދާއިރާ ހިންގުމާއި ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އިބްރާހިމް އިހުސާން، ޝަރީއަތް ކުރިއަށް ގެންދިޔުމުގައި ގާނޫނާއި ހިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެއް ވެސް ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނެއެވެ.