Last Updated: June 17, 13:43
Tuesday, June 17, 2025
ޚަބަރު

ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ

މާލޭގައި މިރޭ ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެއެވެ.

އެމްއެންޑިއެފުން ބުނީ މިރޭ 19:17 ހާއިރު ދަނާލު ކައިރިން ދުއްވާފައިދިޔަ ކާރެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ ޓީމުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އެގޮތުން އަލިފާން ރޯވެފައިވަނީ ކާރުގެ އިންޖީނުގައި ކަމަށް އެމްއެންޑިއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.