Last Updated: June 17, 13:43
Tuesday, June 17, 2025
ޚަބަރު

އިތުރު 36 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 ގެ ސާމްޕަލްތައް ޓެސްޓު ކުރަނީ - ފޮޓޯ: ރާއްޖެއެމްވީ

ރާއްޖެއިން މިއަދު ކޮވިޑް-19 އަށް 36 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 32 މީހަކާއި، އަތޮޅުތެރެއިން ދެ އަދި ރިސޯޓަކުން ދެ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،106 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 898 ކޭސް އެވެ. މި ބަލިން 12،154 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 86 މީހަކަށެވެ. މި ބަލީގައި 47 މީހަކު ވަނީ ނިޔާވެފައެވެ.