އެއާ ސީޝެލްސްގެ ދަތުރުތައް މާދަމާ ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްްސް ކޮމްޕެނީ ލިމިޓެޑުން (އެމްއޭސީއެލް) އިން ބުނީ މާދަމާ މި އެއާލައިންގެ ދަތުރުތައް ފަށާއިރު އެ އެއާލައިނުން ކޮންމެ ހޮނިހިރު ދުވަހެއްގައި ރާއްޖެ އަށް ދަތުރުކުރާނެ ކަމަށެވެ.
އެއާ ސީޝެލްސްގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ސައުތު އެފްރިކާގެ ޖޮހެނަސްބާގް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ގިނަ އެއާލައިންތަކުން ވަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައެވެ.
ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް މިހާތަނަށް ވަނީ 70،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.