މިމަހު 16 ގެ ކުރިން 1 ލައްކަ ފަތުރުވެރިން ރާއްޖެ ގެންނަން ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ފަށައިފިއެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުޞޫމް މިއަދު ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް 1 ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ކަނޑައަޅާފައިވާ ކަމަށާއި އަދި މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 5 ލައްކައަށް އެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު ބައެއް މާކެޓްތަކުން ކުރިއެރުން ހޯދާފައިވާ ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ. އެގޮތުން ކުރިއެރުން ހޯދާފައިވާ މާކެޓްތަކުގެ ތެރޭގައި މިސްރު، ކަޒަކިސްތާން، ރަޝިއާ، ބްރެޒިލް އަދި ޔޫކްރެއިން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަލުން ބޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 15 ދުވަހު އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 462،474 ފަތުރުވެރިން އައިސްފައިވާ އިރު، ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައިސްފައި ވަނީ 79،627 ފަތުރުވެރިންނެވެ.