Last Updated: June 17, 13:43
Tuesday, June 17, 2025
ޚަބަރު

ހައި ކޯޓުގައި ނުނިމި 792 މައްސަލަ އެބައޮތް

ދިވެހިރާއްޖޭގަެ ހައިކޯޓު --

މިދިޔަ މަހުގެ ނިޔަލަށް ހައި ކޯޓުގައި ނުނިމި 792 މައްސަލަ އެބައޮތް ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހައިކޯޓްގެ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަސް ނިމުނު އިރު 296 މައްސަލައެއް ވަނީ އެ ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރެއިން 95 މައްސަލަ ހުށަހަޅާފައި ވަނީ ކޮވިޑް-19ގެ ސަބަބުން އާންމުކޮށް ޝަރީއަތް ހިންގުން މެދުކަނޑާލާފައިވާ މުއްދަތުގައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ފެށުނުއިރު ހައިކޯޓުގައި 884 މައްސަލައެއް ނުނިމި އޮތެވެ. ނަމަވެސް މިދިޔަ މަސް ނިމުނު އިރު އެ އަދަދު ވަނީ 792 އަށް ދަށްވެގެން ގޮސްފައެވެ.

ހައިކޯޓު މިވަގުތު ރިސެސްގައި އޮތްއިރު އެ ކޯޓުން ވަނީ ނުނިމިހުރި މައްސަލަތައް މަދުކުރުމަށްޓަކައި، ރިސެސްގެ މުއްދަތުގެ ތެރޭގައި ވެސް ޝަރީޢަތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަސް ފެށުމާ އެކު، ސުޕްރީމް ކޯޓާއި ހައި ކޯޓު އެއް މަހުގެ ރިސެސްއަކަށް ދާއިރު، ދަށު ކޯޓުތައް ވެސް ރިސެސްއަކަށް ދާނެ އެވެ.