އެއާ އެސްޓާނާގެ ދަތުރުތައް މާދަމާ ރާއްޖެ އަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްްސް ކޮމްޕެނީ ލިމިޓެޑުން (އެމްއޭސީއެލް) އިން ބުނީ މާދަމާ މި އެއާލައިންގެ ދަތުރުތައް ފަށާއިރު އެ އެއާލައިނުން ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހު ރާއްޖެ އަށް ދަތުރުކުރާނެ ކަމަށެވެ.
އެއާ އެސްޓާނާގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ކަޒަކިސްޓާނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
މި އެއާލައިންގެ އިތުރުން އެއާ ސީޝެލްސްގެ ދަތުރުތައް ވެސް މާދަމާ ރާއްޖެއަށް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އެގޮތުން އެ އެއާލައިނުން ކޮންމެ ހޮނިހިރު ދުވަހެއްގައި ރާއްޖެ އަށް ދަތުރުކުރާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އެއާ ސީޝެލްސްގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ސައުތު އެފްރިކާގެ ޖޮހެނަސްބާގް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.