Last Updated: June 16, 18:01
Monday, June 16, 2025
ޚަބަރު

އޭދަފުށިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ބ.އޭދަފުށީ ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެ ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންނެވެ.

އޭދަފުށިން އަލަށް ޕޮޒިޓިވްވި ދެ މީހުންނާއެކު އެ ރަށުން މި ބައްޔަށް ޕޮޒިޓިިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 14 އަށް އަރާފައެވެ. ނަމަވެސް އެންމެފަހުން ބައްޔަށް ޕޮޒިޓިވްވި ދެ މީހުން ފިޔަވައި ދެން ތިބި އެންމެން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް 13،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 12،199 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި ރާއްޖެއިން ވަނީ 47 މީހަކު ނިޔާވެފައެވެ.