އައްޑޫގެ މަޝްހޫރު ސުވާދީވް ކެފޭ އަކީ މުޅި ރާއްޖެއަށް ވެސް ނަން މަޝްހޫރު ރެސްޓޯރެންޓުތަކުގެ ތެރޭގައި ހިމެނޭ އެއް ތަނެވެ. ނަމުގެ އިތުރަށް، ތަނުގެ ހިތްގައިމުކަމާއި، ފޯރުކޮށްދޭ ޚިދުމަތުގެ އިތުރުން، ސުވާދީވްގެ ރަހަ ތަކަކީ ވެސް އެވަރު ދެވަނައެއް ނެތް ތަނެއްގެ ގޮތުގައި އެތަން ފާހަގަ ކުރުވާ ކަންކަމެވެ. އެގޮތުން އެ ރެސްޓޯރެންޓުން މިވަނީ މެނޫއަށް ބަދަލުތަކެއް ގެނެސް، މުޅިން އާ ބުއިންތަކެއް މެނޫ އަށް އިތުރު ކޮށްފައެވެ. އެގޮތުން މި ބުއިން ތަކަކީ ސުވާދީވްގެ ޑްރިންކްސް ކޮންސަލްޓަންޓް މުހައްމަދު ޝާހިދުގެ ހުނަރުވެރި ކަމުގެ ދަށުން ތައްޔާރު ކުރެވިފައިވާ ބުއިންތަކެކެވެ.
ދޮން ދިޔެ

މުޑި ކާށީގެ މީރު ރަހަ އެކުލަވާލެވިފައިވާ ދޮން ދިޔެ އަކީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތައާރަފު ކުރެވުނު އާ ބުއިމެކެވެ.
ކޭވައް ކަމަނަ

ކޭވަކާ ސްޓްރޯބެރީގެ ރަހަ އެއްކޮށްލާފައި އުފެއްދި ކޭވައް ކަމަނަ ވެސް ނެރުނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައެވެ.
ކޯލްޑް ބްރޫ

ކޮފީ ބޯހިއްވާ މީހުންނަށް މިވަރެއް ނޯންނާނެ ކަން ޔަގީނެވެ. ކޯލްޑް ބްރޫ އަކީ ރޭގަނޑު އެއްކޮށް ބްރޫ ކޮށްފައި، ފިނިކޮށް ކަސްޓަމަރުންނަށް ދޭ ބުއިމެކެވެ.
މޮކްޓެއިލްތައް

ގްރީން ޓީ، އެގްޒޮޓިކް އަދި ފްލޮރަލް މޮކްޓެއިލް. ސުވާދީވްގެ މޮކްޓެއިލް ތަކަކީ ރަހަ ބަލާފައި ހިތްހަމަ ނުޖެހިގެން ދާން ޖެހޭނެ ބުއިންތަކެއް ނޫނެވެ.

ކުރިން ވެސް މެނޫ އިން ލިބެން ހުންނަ ޝާކް އެޓޭކް މިހާރުވަނީ އާކޮށް، އިތުރަށް ފުރިހަމަ ކުރެވިފައެވެ. އޭގެ އިތުރުން ބްލޫ ބެރީ އެނަރޖައިޒަރ، އަދި ބުލް އަޒުއަރ އަކީ މެނޫ އަށް މުޅިން އާ ބުއިންތަކެކެވެ.

ކޮކޯ ޑިޒަޔަރ، ހަށި ތާޒާ، ސުވާދީވް ފްރެޝް، އަދި ބެރީ ޕަންޗަކީވެސް މެނޫއަށް އާ، ތާޒާ، މީރު ބުއިންތަކެކެވެ.