Last Updated: June 16, 18:01
Monday, June 16, 2025
ޚަބަރު

އެއް ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި 5 މީހަކު ދޫކޮށްލައިފި

ކްރިމިނަލް ކޯޓް. ފޮޓޯ: ވީނިއުސް

1 ކިލޯއަށް ވުރެގިނަ މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި 5 މީހަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މާލެއިން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކޮށްފައިވާ 5 ދިވެހިންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާކަމަށެވެ.

މިމީހުންނާއި އެކު ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އެއް ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 108 ގްރާމް އެމްޑީއެމް އަދި 7 ގްރާމް ހެރޮއިން އެވެ.

މި ތަކެތި ފުލުހުން ހޯދާފައިވަނީ ޑްރަގް އިންޓެލިޖެންސްއިން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހެންވޭރު ވައިފިނިގޭގެ 6 ވަނަ ބުރި ބަލާފާސްކުރި ކުރުމުންނެވެ.

މި މައްސަލައާ ގުޅިގެން ޖުމްލަ 7 މީހަކު ހައްޔަރުކުރިއިރު، މި މައްސަލައިގައި ބައިވެރިވާ ކަމަށް ހެކި ލިބިފައި ނުވާތީ މީގެކުރިން ވެސް ވަނީ ދެ މީހަކު ދޫކޮށްލާފައެވެ.