އެއާ އެސްޓާނާގެ ދަތުރުތައް ރާއްޖެ އަށް މިއަދު ފަށައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްްސް ކޮމްޕެނީ ލިމިޓެޑުން (އެމްއޭސީއެލް) އިން ބުނީ މިއަދު ހެނދުނު އައި އެ އެއާލައިންގެ ފުރަތަމަ ފްލައިޓުން ރާއްޖެ އަށް 150 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ.
އެ އެއާލައިނުން ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހު ރާއްޖެ އަށް ދަތުރުކުރާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އެއާ އެސްޓާނާގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ކަޒަކިސްޓާނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ގިނަ އެއާލައިންތަކުން ވަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައެވެ.
ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް މިހާތަނަށް ވަނީ 80،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.