މާލޭގައި ހިންގަމުންދިޔަ ބިއުޓީ ސެލޫނަކުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ ދެވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބިއުޓީ ސެލޫނެއްގެ ހިދުމަތްދޭ ތަނެއްގެ ގޮތުގައި މާލޭގައި ހިންގަމުންދިޔަ ތަނަކުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން ހައްޔަރުކޮށްފައިވަނީ ބިދޭސީ ދެ އަންހެނުންނާއި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.