ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް މިއަދު އަލުން ފަށައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްްސް ކޮމްޕެނީ ލިމިޓެޑުން (އެމްއޭސީއެލް) އިން ބުނީ ބްރިޓިޝް އެއާވޭސް އިން މިއަދު ރާއްޖެ އަށް އަލުން ދަތުރުތައް ފެށިއިރު، ފުރަތަމަ ފްލައިޓުގައި ވެސް ރާއްޖެ އަށް 250 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ.
ބްރިޓިޝް އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންޑަންގެ ހީތްރޯ އެއާޕޯޓާ ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން މިދިޔަ އޮކްޓޯބަރު މަހު ބްރިޓިޝް އެއާވެސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފެށިއެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ކޮވިޑްގެ ކޭސްތައް އިތުރުވެ އެގައުމު ލޮކްޑައުން ކުރުމުން އެ އެއާލައިނުން ވަނީ ދަތުރުތައް މެދުކަނޑާލާފައެވެ.
ބްރިޓިޝް އެއާވޭސްގެ އިތުރުން ރާއްޖެ އަށް މިއަދު ވަނީ އެއާ އެސްޓާނާ އާއި އެއާ ސީޝެލްސް އިންވެސް ދަތުރުތައް ފަށާފައެވެ.