ބަދަލަކަށް އެދުމެއްނެތި ކުރާ އިންސާނީ ހިދުމަތަށް ވުރެ އަގުބޮޑު ހިދުމަތެއް ނެތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ހުރިހާ ދަރުމަވެރިންނަށް، ބައިނަލްއަޤްވާމީ ވޮލަންޓިއަރުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ކުރެއްވި ޓްވީޓެއްގައެވެ.
"ބަދަލަކަށް އެދުމެއްނެތި، އަމިއްލަ ރުހުމުގައި ހެޔޮހިތުންކުރާ އިންސާނީ ޚިދުމަތަށްވުރެ ވަކިން އަގުބޮޑު ޚިދުމަތެއްނެތް. ތިޔަ ދީލަތި ޚިދުމަތަށް ޝުކުރިއްޔާ" ނައިބު ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރައްވާ ހުރިހާ ދަރުމަވެރިންނަށް، ބައިނަލްއަޤްވާމީ ވޮލަންޓިއަރުންގެ ދުވަހުގެ ތަހުނިޔާ ފޮނުވަން. ބަދަލަކަށް އެދުމެއްނެތި، އަމިއްލަ ރުހުމުގައި ހެޔޮހިތުންކުރާ އިންސާނީ ޚިދުމަތަށްވުރެ ވަކިން އަގުބޮޑު ޚިދުމަތެއްނެތް. ތިޔަ ދީލަތި ޚިދުމަތަށް ޝުކުރިއްޔާ
— Faisal Naseem (@FaisalNasym) December 5, 2020
ދަރުމަވެރިންގެ ދުވަސް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަން ނިންމީ، އދ.ގެ އިސްނެގުމުގެ ދަށުން 17 ޑިސެމްބަރު 1985 ގައެވެ. އޭގެފަހުން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ދަރުމަވެރިންގެ ދުވަހުގެ ގޮތުގައެވެ.
އެގޮތުން ރާއްޖޭގައި ދަރުމައަށް އެދިގެން މަސައްކަތްކުރާ އެންމެ ބޮޑު ޖަމާޢަތަކީ "ދިވެހި ރެޑް ކްރެސެންޓް"އެވެ. އެ ޖަމާއަތުގައި 2000 އަށް ވުރެ ގިނަ ދަރުމަވެރިން ހަރަކާތްތެރިވެއެވެ.