Last Updated: June 16, 13:50
Monday, June 16, 2025
ޚަބަރު

ޝަންގްރިއްލާ ރިސޯޓު އޮޑިޓްކުރަންޖެހޭ، ފައިދާ ނުވުމަކީ އަރަތެއް: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ/ މަޖިލިސް

ޝަންގްރިއްލާ ރިސޯޓު އޮޑިޓްކުރަންޖެހޭ ކަމަށާއި ފައިދާ ނުވުމަކީ އަރަތެއް ކަމަށް މާފަންނު މެދު ދާއިރާ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އޮންނަ އައްޑޫ ވިލިނގިލި ރިސޯޓުން ސަރުކާރުގެ ހިއްސާއަށް 10 އަހަރުވީއިރު ލޯލާރިއެއް ވެސް ނުދީ މުވައްޒަފުންތައް ވެސް މިދަނޑިވަޅު ކަނޑާލާފައިވާ ކަމަށެވެ.

"ރިސޯޓު މަސްފެކްޓަރީއެއްގައި ސަރުކާރު ހިއްސާއެއް އޮވެއްޖެ ނަމަ ފައިދާ ނުވުމަކީ އަރަތެއް. އޮޑިޓްކުރަން ޖެހޭ ތަނެއް" ބޮންޑޭ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރި އަށް ކުރި ނޭދެވޭ އަސަރުތަކުގެ ސަބަބުން ޝަންގްރިއްލާ ރިސޯޓު ބަންދުކުރަން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ ނިންމާފައެވެ.

ޝަންގްރިއްލާ ރިސޯޓު ބަންދުކުރިއިރު އައްޑޫގައި ހިންގަމުން އަންނަ ކެނަރީފް ރިސޯޓު ވެސް ވަނީ ކޮވިޑާއި ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކު ދެ އަހަރު ދުވަހަށް ބަންދުކުރަން ނިންމާފައެވެ. މި ދެ ރިސޯޓުގައި ވެސް އައްޑޫގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރެއެވެ.

ސަރުކާރުން އަންނަނީ ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް ކޮންމެ މަހަކު 5000 ރުފިޔާގެ އެލަވެންސެއް ދެމުންނެވެ.