Last Updated: June 16, 13:50
Monday, June 16, 2025
ޚަބަރު

އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި ނޫސްވެރިކަމުގެ ކޯހެއް ފަށަނީ

ގައުމީ ޔުނިވާސިޓީގެ ސ. ހިތަދޫ ކެމްޕަހުގައި ނޫސްވެރިކަމުގެ ކޯހެއް ފެށުމަށް ނިންމައިފިއެވެ.

އެމްއެންޔޫ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ އަންނަ އަހަރުގެ ޖެނުއަރީގައި އެ ޔުނިވަރސިޓީން އެޑްވާންސްޑް ސެޓްފިކެޓް އިން ޖާނަލިޒަމް ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދެ ސެމިސްޓާ އަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ކޯހުގައި އޯލެވެލް ނުވަތަ އޭލެވެލްގެ ތިން މާއްދާ އިން ފާސްވެފައިވާ ފަރާތްތަކަށާއި ނުވަތަ 18 އަހަރު ފުރިފައިވާ ގްރޭޑް ހަތެއް ނިންމާފައިވާ ފަރާތަކަށް ވުން އަދި މި ދާއިރާގައި އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް މި ކޯހުގައި ބައިވެރިވެވޭނެއެވެ.

މި ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކޯސްތަކަށް އެޕްލައިކުރުމަށް ހަމަޖެހިފައި ވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.