Last Updated: June 15, 18:01
Monday, June 16, 2025
ޚަބަރު

ގަވައިދާ ހިލާފަށް ރުއްގަސް އުފުރުމުން މަނަދޫ ކައުންސިލް ޖޫރިމަނާކޮށްފި

ނ.މަނަދޫ

ޤަވާޢިދާ ޚިލާފަށް ރުއްގަސް އުފުރުމުން ނ.މަނަދޫ ކައުންސިލު މިއަދު ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ބުނީ މަނަދޫގެ އަލަށް ދޫކޮށްފައިވާ ގޯތިތަކުން ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އުފުރުމާއި ގުޅިގެން، ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ ކައުންސިލް 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭ އިން ބުނެއެވެ.

އަދި މިޖޫރިމަނާ ފައިސާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް މަނަދޫ ކައުންސިލަށް އަންގާފައިވާނެ ކަމަށް އީޕީއޭ އިން ބުނެއެވެ.