އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ބުނީ ހިފަހައްޓާފައިވަނީ ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ދެ ބިދޭސީއަކާއި، ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑު ބޭނުންކޮށް އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއެއް ކަމަށެވެ.
އެގޮތުން ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ހިފެހެއްޓީ 47 އަހަރާއި 21 އަހަރުގެ އަންހެނެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑު ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނީ 24 އަހަރުގެ އަންހެނެއް ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ދެ ބިދޭސީއަކާއި، ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑު ބޭނުންކޮށް އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވައިފި. pic.twitter.com/lSYsROalJL
— Maldives Immigration (@ImmigrationMV) December 6, 2020
މީގެކުރިން ވެސް އިމިގްރޭޝަނުން ވަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓުތަކެއް އަދި ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށް ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ވެސް ހުއްޓުވާފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ މައްސަލަތައް އިމިގްރޭޝަނުން ބަލަން ފަށާފައިވާއިރު މީގެކުރިން ވަނީ ބިދޭސީންތަކެއް ޑީޕޯޓްވެސް ކޮށްލާފަ އެވެ.