އިންޑިޔާގެ އެހީއާއެކު ފަޔަރ ފައިޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އިންޑިޔާގެ އެހީތެރިކަމާއެކު ރީޖަނަލް އެއަރޕޯޓްތަކަށް ބޭނުންވާ ފަޔަރ ފައިޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކުރިއަށްދާ ކަމަށެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ އެއާޕޯޓުތަކެއް ހުރިއިރު މިދިޔަ މަހުގެ ތެރޭގައި ވަނީ ހއ.ހޯރަފުށީގައި ތަރައްގީ ކުރި އެއާޕޯޓު ހުޅުވާފައެވެ. އަދި އަންނަ އަހަރު ވެސް ރަށްތަކެއްގައި އެއާޕޯޓުތަކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އަންނަ އަހަރު ށ. ބިލެތްފަހި އަދި މ.މުލީގައި އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވާއިރު، ބ.ތުޅާދޫގައި ވެސް އެއާޕޯޓު އެޅުމަށް ވަނީ ރާވާފައެވެ.
މީގެއިތުރުން އަންނަ އަހަރުގެ ކުރީކޮޅު މަޑިވަރު އެއާޕޯޓު ވެސް ހުޅުވުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.